RSS Amplifier

ShifanAhmed’s Newsletter · Sep 24, 2023

ދިވެހިންނަށް އޮތް ނުރައްކާތައް އިންތިހާއަށް ބޮޑު

0
Sign in to vote or save

Shifan Ahmed · ShifanAhmed’s Newsletter

ދިވެހިންނަށް އޮތް ނުރައްކާތައް އިންތިހާއަށް ބޮޑު

ދިވެހިރާއްޖޭގެ ކުދިބޮޑު އެތައް ހާސް ބަޔެއްގެ ގަޔަށް ވެކްސިންތަކެއް ޖަހާފައިވަނީ، އެއީ "ރައްކާތެރިކަން ކަށަވަރު" ކުރެވިފައިވާ އެއްޗެއް ކަމަށް ބުނެއެވެ.

ބޭސް އުފެއްދުމުގެ ތަހުލީލުތަކުގައި މަކަރު ހެދުމާއި، ބޭހާ ބެހޭ ގޮތުން ދޮގު މަޢުލޫމާތު ދިނުމާއި އަދި މިފަދަ އެތައް ޖިނާއީ ކުށެއް ކޯޓުތަކުގައި ސާބިތުވެގެން އެތައް ބިލިއަން ޑޮލަރަކުން ޖޫރިމަނާ ކުރެވިފައިވާ ކުންފުނިތަކުން އުފައްދާ އަދި ތަހުލީލީ މަރުހަލާ ފުރިހަމަ ކޮށްފައިނުވާ "ވެކްސިން" އަކީ ވަރަށް ވެސް ފުރިހަމައަށް ކޮވިޑުން ރައްކާތެރިކޮށްދޭ އަދި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ އެއްޗެއް ކަމަށް ޞިއްޙަތާ ބެހޭ މުޢައްސަސާތަކުންނާއި ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ.

އަދި މި ދޮގުތަކުގެ މައްޗަަށް ބަރޯސާވެ އެތައް ބަޔަކު ވަނީ ވެކްސިން ޖަހާފައެވެ. ވެކްސިން ނުޖަހާ މީހުންނަށް އެކި އެކި ފިއްތުންތައް ކުރިމަތިކޮށް މަޖުބޫރު ހާލަތް ކުރިމަތިކޮށްގެން އޭގެ ތެރެއިން ބައެއް މީހުންގެ ގަޔަށް ވެސް ވަނީ މި ވެކްސިން ޖަހުވާފައެވެ. ތުއްތު ކުދިންނާއި މާބަނޑު މީހުންނަށް ވެސް ބެލުމެއް ނެތެވެ.

ވެކްސިން އާ ގުޅުން ހުރި އެކި އެކި ޖަރީމާތައް ފާޅާއަރަމުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާހިރުން ގެ ބިރުކުޑަ މަސައްކަތުންނެވެ.

މިގޮތުން އެންމެ ފަހުން އެނގިފައިވަނީ ފައިޒަރ ވެކްސިން ޖަހާފައި ތިބި މީހުންގެ ޑީ.އެން.އޭ އަށް ބަދަލު އައުމާއި ކެންސަރާއި އޮޓޯއިމިއުން ބަލިތައް (އަމިއްލަ ދިފާއީ ނިޒާމު އަމިއްލަ ހަށިގަނޑަށް ހަމަލާތައް ދިނުން) ޖެހިދާނެ ކަމުގެ ބިރުވެރި ޚަބަރެވެ. އޮޓޯއިމިއުން ގެ ގޮތުގައި އެތައް އެތައް ބަލިތަކެއް ކުރިމަތިވެދާނެއެވެ.

ފައިޒަރ ވެކްސިން އުފެއްދުމުގައި ބޭނުންކުރި ބެކްޓީރިއާގެ "ޕްލަސްމިޑް" އެ ވެކްސިންގައި އެކުލެވިގެންވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ޖަރާސީމުގެ މި މާއްދާ ވެކްސިން ގައި އެކުލަވާލާފައިވަނީ އިންތިހާއަށް ގިނަ މިންވަރަކަށެވެ. ވެކްސިން ޖަހާ މީހެއްގެ ގަޔަށް 200 ބިލިއަން ޕްލަސްމިޑް ޑީ.އެން.އޭ އެތިކޮޅު ޖެހިގެންދެއެވެ. މިކަން ތަހުލީލުކޮށް މަޢުލޫމާތު ހާމަކުރި އެކަކަކީ ޖީނޯމިކްސް ގެ މާހިރެއް ކަމަށްވާ ޑރ ކެވިން މެކަރނަން އެވެ.

މި ވާހަކަތައް ޤަބޫލުކުރަން ބޭނުންނުވެ، މިއީ ޙަޤީޤަތެއް ނޫންކަމަށް ސާބިތުކުރުމުގެ ގޮތުން ކެންސަރ ޖީނޯމިކްސް ގެ މާހިރު ޑރ. ފިލިޕް ބަކްހޯލްޓްސް އަމިއްލަ އަށް ފައިޒަރ ވެކްސިން ތަހުލީލުކުރިއެވެ. އަދި ހެދި ތަހުލީލުތަކުން އޭނާ އަށް ވެސް މިކަން ކަށަވަރުވެގެން ދިޔައެވެ.

ޑރ. ބަކްހޯލްޓްސް ވަނީ މި ކަމާ ބެހޭ ގޮތުން އެމެރިކާގެ ސައުތް ކެރޮލީނާ ސެނެޓުގައި ހެކިބަސް ދީފައެވެ.

އިތުރަށް ހެކިބަސް ދީފައިވަނީ ޑރ. ޖެންސީ ލިންޑްސޭ އެވެ. މީނާއަކީ ވެސް ބަޔޯކެމިސްޓްރީ އަދި މޮލިކިއުލަރ ބައޮލޮޖީގެ މާހިރެކެވެ.

މި ހުރިހާ މާހިރުން ވެސް ގޮވާލާފައިވަނީ ކޮވިޑް ވެކްސިން ޖެހުން ހުއްޓާލުމަށެވެ.

މި ވިހަގަދަ ވެކްސިން ޖަހައިގެން އެތައް ސަތޭކަ ދިވެހިންނެއް ވަނީ ދުނިޔެ ދޫކޮށްފައެވެ. އެތައް އާއިލާއަކަށް ހިތްދަތިކަން ކުރިމަތިކޮށްފައެވެ. ނަމަވެސް މިކަން ތަޙުޤީޤުކޮށް ބަލާނެ ފަރާތެއް ނެތެވެ. ޒިންމާ ކުރުވޭކަށް ނެތެވެ.

ކުރިއަށް އޮތީ ކެންސަރާއި، އޮޓޯއިމިއުންބަލިތަކާއި ދިފާއީ ނިޒާމު ހަލާކުވެފައިވުމުން އެހެނިހެން ބަލިތައް ބޮޑުވުމުގެ ބިރުވެރިކަމެވެ.

No posts

Read the original on shifanahmed.substack.com

Comments

Nothing yet. Say the first thing.

    Sign in to join the conversation.