RSS Amplifier

ShifanAhmed’s Newsletter · Oct 5, 2023

އަނގައަށް ދޭ ވެކްސިންގައި އޫރުގެ ވައިރަސް - އެމެރިކާގެ އެފްޑީއޭ

0
Sign in to vote or save

Shifan Ahmed · ShifanAhmed’s Newsletter

ތުއްތު ކުދިންނަށް ރާއްޖޭގައި ދޭ “ރޯޓަރިކްސް” ވެކްސިނަކީ އޫރުގެ ދިޔަ ބޭނުންކޮށްގެން ހަދާފައިވާ ވެކްސިން އެކެވެ. އަދި މީގައި އޫރުގެ ވައިރަސް އެއް އެކުލެވިފައިވެ އެވެ. މި ވެކްސިން އުފެއްދުމަށް ދެން ބޭނުންކޮށްފައިވަނީ ގެރީގެ ދިޔަ އަދި ރާމާމަކުނުގެ ގުރުދާ (ކިޑްނީ) އެވެ.

މި ވެކްސިނަކީ ތުއްތު ދަރިފުޅަށް 2 މަހާއި، 4 މަހާއި 6 މަހުގައި އަނގަޔަށް ދޭ ވެކްސިނެކެވެ.

ވެކްސިން ގައި އެކުލެވިގެންވާ އޫރުގެ ވައިރަސް ގެ ސަބަބުން އޫރަށް ޖެހޭ ބަލީގައި އޫރު އެދެވޭ ގޮތަށް ބޮޑުނުވުން، ބަރުދަން ލުއިވުން، ހަންގަނޑުގައި ފިތްނެގުން، ގޮހޮރުގައި ފާރުހެދުން އަދި ކުއްލިއަކަށް މަރުވުން ހިމެނެވެ. މި ވައިރަސް ގެ ސަބަބުން އިންސާނުންނަށް ލިބިދާނެ އަނިޔާ ބަލާފައެއް ނުވެއެވެ.

މި ވެކްސިންގައި އޫރުގެ ވައިރަސް އެކުލެވިގެންވާ ކަން އެނގުމުން، އެމެރިކާގައި މި ވެކްސިން ވަގުތީ ގޮތުން ހުއްޓާލިއެވެ. ނަމަވެސް، މި ބައްޔަށް އުފެއްދި ދެވަނަ ވެކްސިން ގައި ވެސް އޫރުގެ ވައިރަސް އެކުލެވިފައިވުމުން … ދެވަނަ ވެކްސިން ވެސް ހުއްޓާލަން ޖެހުނީމަ، އެކަން ނުކޮށް ފުރަތަމަ އަށް ހުއްދަ ދީފަ ހިފެހެއްޓި ވެކްސިން އަށް އަލުން ހުއްދަ ދިނީއެވެ!

މި ވެކްސިނަކީ “ރޯޓަވައިރަސް” ގެ ސަބަބުން ބޭރަށް ހިންގުން ޖެހިދާނެ ކަމަށް ދޭ ވެކްސިނެކެވެ. ނަމަވެސް، ދިރާސާއިން ދައްކާ ގޮތުގައި މި ވެކްސިން ދީފައިވާ %30 ކުދިންނަށް ވެސް ބަލިޖެހިފައިވެ އެވެ.

އަދި، މި ވެކްސިން ޖެހުމުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ގޮހޮރު ފަށްޖެހުމެވެ. ވެކްސިން ގެ ސަބަބުން ގޮހޮރު ފަށްޖެހުމުގެ ނުރައްކާ 6 ގުނަ އަށް އިތުރުވެގެންދެ އެވެ. ޞިއްޙީ ޚިދުމަތް އެންމެ ފުރިހަމަ އަށް ލިބެން ހުންނަ ތަންތަނުގައި ވެސް، މި ހާލަތް ކުރިމަތިވާ %18 ކުދިން މަރުވެ އެވެ.

ނަމަވެސް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ނިންމީ، ބަލީގައި މާގިނަ ކުދިން މަރުވާނެކަމަށެވެ. އެހެންވުމުން، ވެކްސިން ޖަހައިގެން ކުރިމަތިވާ ނުރައްކާ ބަލައިގަނެވޭނެ ކަމަށެވެ.

ޞިއްޙަތު ސަލާމަތުން އޮތް ތުއްތު ދަރިފުޅަށް ވެކްސިން އެއް ޖަހައިގެން ކުރިމަތިވާ ނުރައްކާ އެއީ ބަލައިގަނެވޭނެ ނުވަތަ ބަލައިނުގަނެވޭނެ ކަމެއްތޯ ނިންމާނީ މައިންބަފައިންނެވެ.

ވެކްސިން ވިޔަފާރިން ފައިދާ ނަގާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ފަދަ ޖަމުޢިއްޔާތަކަށް މުހިންމުވާނީ ވިޔަފާރި ފުޅާކުރުމެވެ. އެހެންވުމުން، މި ބައިގަނޑު އަދި މިބައިގަނޑުގެ ބާރުގެ ދަށުގައި ތިބޭ މީހުންނަށް ވެކްސިން ޖެހުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި “ވެކްސިން ޖެހުމަކީ ކުޑަކުދިންގެ ޙައްޤެއް” ގެ ގޮތުގައި ބުނެ މިމީހުން ވަކާލާތު ކުރަނީ ވެސް މިހެން ވެގެން - ހަމައެކަނި މާލީ މަންފާއަށްޓަކައެވެ.


ރާއްޖޭގެ ކުޑަކުދިންގެ ޑޮކްޓަރުން ވެސް މި އޫރުގެ ދިޔައިން ހަދާފައިވާ ވެކްސިން ކުރިއެރުވުމަށް ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް، މިއީ މިފަދަ ހަޑިމުޑުދާރު ގޮތްގޮތަށް އުފައްދާ އަދި އެހާމެ ނުރައްކާތެރި ވެކްސިންތަކެއް ކަމުގެ މަޢުލޫމާތު ބެލެނިވެރިންނަކަށް ނުދެއެވެ.

No posts

Read the original on shifanahmed.substack.com

Comments

Nothing yet. Say the first thing.

    Sign in to join the conversation.