ތުއްތު 2 މަހުގެ ކުއްޖާ އަށް ވެކްސިން ޖެހުމަށް ފަހު 34 ގަޑިއިރުގެ ތެރޭގައި ދަރިފުޅު އޮތީ މަރުވެފައި އެވެ.
ދަރިފުޅަށް ވެކްސިން ޖެހުމުގެ 2 ދުވަސް ކުރިން، ނަރުހެއްގެ ވަޒީފާ އަދާކުރާ އެ ކުއްޖާގެ މަންމަ ވެކްސިންގައި އެކުލެވިގެންވާ ވިހަ މާއްދާތަކާ ބެހޭ ގޮތުން ޓޮކްސިލޮޖިސްޓެއް (މާއްދާތަކުގެ ވިހައިގެ ކަންކަން ދިރާސާކުރާ ފަރާތެއް) ދެއްކިވާހަކަ އަޑުއެހި އެވެ. ނަމަވެސް، ވެކްސިން ޖެހީ ވެކްސިން ނުޖަހައިފި ނަމަ އޭނާއަކީ ނަރުހަކަށް ވެފައި، އޭނައާ ދޭތެރޭގައި ނޭދެވޭ ގޮތަށް ދެކެވުމުގެ އިތުރުން ދަރިފުޅަށް ސްކޫލަށް އަށް ވަނުމަށް ވެސް ދަތިތައް ކުރިމަތިވެދާނެތީވެ އެވެ.
އޮޓޮޕްސީ ހެދިހެދުމުން އެނގުނީ އެކުއްޖާގެ ލޭގެ ލީޓަރެއްގައި 95 މައިކްރޯގުރާ އަށް ވުރެގިނައިން ވިހަ މާއްދާއެއް ކަމަށްވާ އެލުމނިއަމް ހުރި ކަމަށެވެ.
ކުއްޖާ މަރުވުމުން، މެޑިކަލް އެގްޒޭމިނަރު ފުރަތަމަ ބެލީ މައިންބަފައިންގެ ސަބަބުން ކުއްޖާ މަރުވީ ކަމަށް ތުހުމަތުކުރާށެވެ. މިގޮތުން މަރު ސެޓުފިކެޓުގައި ކުއްޖާ މަރުވި ސަބަބެއްގެ ގޮތުގައި “ނިދަން ބޭއްވި ގޮތުން ހާސްވެގެން މަރުވީ” ކަމަށް ލިޔެފައިވެ އެވެ.
އެކުއްޖާގެ މަންމަ ބުނި ގޮތުގައި ވެކްސިން ޖަހައިގެން އެތައް އެތައް ކުދިންނަކާއި މީހުން މަރުވެ އެވެ. އަދި، މިކަން ފޮރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއެވެ. އެމީހުންހުން ބޭނުންވަނީ އެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށެވެ.
ނަމަވެސް، ކުއްޖާ އެ އޮތީ މަރުވެފައެވެ. ހޯދޭނެ އިންސާފަކީ ކޮބައިތޯއެވެ؟
ދިވެހިރާއްޖޭގައި ކުއްޖާ ވިހާ ދުވަހު ޖަހާ ވެކްސިން ގައި 400 މައިކްރޯގުރާމު އެލުމިނިއަމް ހުރެއެވެ. އަދި 2 މަހާއި، 4 މަހާއި 6 މަހުގައި ޖަހާ ކޮންމެ ވެކްސިން އެއްގައި 1250 މައިކްރޯގުރާމު އެލުމިނިއަމް އެކުލެވިގެންވެ އެވެ. ނަމަވެސް، މި ވިހަ މާއްދާ މި މިންވަރަށް ކުދިންގެ ގަޔަށް ޖެހިކަމުގައި ވިޔަސް، ވެކްސިން އަކީ ކުޑަކުދިންގެ ޙައްޤެއްގެ ގޮތުގައި “ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ” ޤާނޫނުން ކަނޑައަޅާފައިވެއެވެ.
ދިވެހިރާއްޖޭގައި ވެސް ތުއްތުކުދިންގެ ހަތަރެސްފައި ވާވެ އަދި މަރުވެފައިވެ އެވެ. ނަމަވެސް، ވެކްސިން ޖެހުމަކީ ޙައްޤެއްގެ ގޮތުގައި ނިންމާފައިވާތީ، ކުޑަމިނުން މިކަން ބަލައި ނުވަތަ މަޝްވަރާ ކޮށްލުމަށް ވެސް އެއްވެސް ފަރާތަކުން ބޭނުމެއް ނުވެއެވެ.
https://childrenshealthdefense.org/defender/maine-baby-sawyer-vaccine-death-aluminum/
No posts

Comments
Nothing yet. Say the first thing.
Sign in to join the conversation.