RSS Amplifier

ShifanAhmed’s Newsletter · Sep 11, 2023

ކޮވިޑް ވެކްސިން ޖެހުމަށް ފަހު މަރުވާ މީހުންނަށް ބަދަލުގެ ފައިސާ

0
Sign in to vote or save

Shifan Ahmed · ShifanAhmed’s Newsletter

ކޮވިޑް ވެކްސިން ޖެހުމަށް ފަހު 3 މަސް ދުވަހުގެ ތެރޭގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް 22،500 އެމެރިކާ ޑޮލަރު ދިނުމަށް ސައުތް ކޮރެއާ ގެ ސަރުކާރުން ހަމަޖައްސައިފި އެވެ. މި ގޮތުން ބަދަލުގެ ފައިސާ ދެވޭނީ، އެ މީހަކު މަރުވެފައިވަނީ ވެކްސިން ޖެހުމުގެ ސަބަބުން ތޯ ކޮންމެހެން ސާބިތުކޮށްދޭކަށް ނުޖެހެއެވެ.

ސައުތް ކޮރެއާގެ ސަރުކާރު ހިންގުމާ ހަވާލުވެ ހުރި ޕާޓީއިން ބުނެފައިވަނީ، ސަރުކާރަށް އިތުބާރުކޮށް އެ ޤައުމުގެ ގިނަ ރައްޔިތުންތަކެއް ވެކްސިން ޖަހާފައިވުމުން، ސަރުކާރުގެ ވެކްސިން ސިޔާސަތުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ބަދަލުގެ ފައިސާ ދިނުމަކީ ސަރުކާރުގެ ޒިންމާ އެއް ކަމަށެވެ.

މީގެ އިތުރުން ވެކްސިން ޖެހުމަށް ފަހު ކުރިމަތިވާ ބައެއް އަނިޔާތަކަށް ވެސް ބަދަލުގެ ފައިސާ ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން “ޔޫޓިރައިން ބްލީޑިންގ” ނުވަތަ ރަހިމުން ލޭ ފޭބުން، އެނެފިލެކްސިސް، ހިތްދުޅަވުން، ހިތުގެ ބޭރު ފަށަލަ ދުޅަވުން، ޓްރާންސްވަރސް މެލައިޓިސް، ބެލްސް ޕަލްސީ ފަދަ އަނިޔާތައް ވެސް ހިމެނެއެވެ.

ބަދަލުގެ ފައިސާ ދިނުމުގެ މިއަހަރުގެ ބަޖެޓު ވަނީ ދެގުނަ ބޮޑުކޮށްފައެވެ.

ދިވެހިރާއްޖެއަކީ މިފަދަ އަދަދުތަކުން ބަދަލުގެ ފައިސާ ދެވޭނެ ފަދަ ޤައުމެއް ނޫނެވެ. ވީމާ، ތަހުލީލީ ވެކްސިންތައް ދިވެހިންނަށް މަޖުބޫރުކޮށް ވެކްސިން ނުޖަހާ މީހުންނަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރުވާ އިރު މިކަން ވެސް ހަނދާން ބަހައްޓަން ޖެހެއެވެ. އަދި “ރައްކާތެރިކަން ކަށަވަރު” ކުރެވިފައިވާ ކަމަށް ބުނެ ދޮގު ހަދައިގެން ވެކްސިން ޖެހުވުން ވެސް ހުއްޓާލަންޖެހެއެވެ.

ބަދަލުގެ ފައިސާ ދެވޭނެ ފެންވަރު ނެތް އިރު ބަޔެއްގެ ޞިއްޙަތަށާއި ފުރާނަ އަށް ނުރައްކާވާ ވެކްސިންތައް މަޖުބޫރުކުރުން ހުއްޓާލަން ވެއްޖެއެވެ.

No posts

Read the original on shifanahmed.substack.com

Comments

Nothing yet. Say the first thing.

    Sign in to join the conversation.