އެކުވެރި ދައުލަތް (އދ ނުވަތަ ޔުނައިޓަޑް ނޭޝަންސް) އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކުޑަކުދިން ޖިންސީ ގުޅުން ހިންގުމަށާއި މިފަދަ އެތައް ނޭއްގާނީ ޢަމަލުތަކަކަށް ބާރުދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ފަދަ ޖަމުޢިއްޔާތަކުން ކުރާ މަސައްކަތްތަކަށް ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ނުދީފި ނަމަ، ދަރިން ހަލާކު ކުރާފަހުން ނޫނީ ހޭވެރިކަމެއް ނުވާނެ އެވެ.
މި ދެ ޖަމުޢިއްޔާއިން ބުނާ ގޮތުގައި "ކުޑަކުދިން ޖިންސީ ގުޅުން ހިންގާ ބައިވެރިން ގެންގުޅުމަށް ސްކޫލުތަކުން އެ ކުދިން ބާރުވެރިކުރަންޖެހެ" އެވެ.
ޕީޑޮފީލިޔާ ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އާދައިގެ ކަމެއްގެ ގޮތަށް ހެދުމަށް، ޕްރައިމަރީ ސްކޫލުގެ ކުދިން ޖިންސީ ގުޅުން ހިންގުމަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ވަނީ އ.ދ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ފަށާފައެވެ. މިކަމާ ގުޅޭ އެތައް ހެކިތަކެއް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.[1]
އ.ދ އިން ސްކޫލްތަކަށް ނެރެފައިވާ ރަސްމީ ގައިޑްލައިން "އިންޓަރނޭޝަނަލް ޓެކްނިކަލް ގައިޑަންސް އޮން ސެކްޝުއަލް އެޑިއުކޭޝަން" ލިޔުމުގައި ވަނީ "ކުޑަކުދިން ޖިންސީ ގުޅުން ބޭއްވުމަށް އެކުދިން ތައްޔާރު ކުރުމަށެވެ." (ސަފުހާ 16)
އަދި އ.ދ އިން މި ލިޔުމުގައި ބުނެފައިވާ ގޮތުގައި މި ލިޔުމަކީ ކުޑަކުދިންނަށް ލޯބީގެ ނުވަތަ ޖިންސީ ގުޅުމުގެ ބައިވެރިންނާ އެކު ގުޅުން އުފައްދާ އަދި ބޭއްވުމަށް އެހީތެރިވެދިނުމަށް ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ. (ސަފުހާ 17).
މީގެ އިތުރުން، މި ލިޔުމުގެ 71 ވަނަ ޞަފުހާގައި ވަނީ، ކިޔަވާދޭ މުދައްރިސުންނަށް ދީފައިވާ އިރުޝާދެވެ. މި ގޮތުން އުމުރުން 5 އަހަރުން ފެށިގެން މަތީގެ ކުދިންނަށް ދޮންދިނުމާއި، ބެއްދުމާއި، އަތްލާ ހެދުމާއި ޖިންސީ އުޅުންތަކާ ބެހޭ ގޮތުން ބުނެދިނުމަށް އިރުޝާދު ދީފައިވެ އެވެ. އަދި، 9 އަހަރުން މަތީގެ ކުދިންނަށް އަމިއްލައަށް އެދުން ފުއްދުމާއި، ޖިންސީ ގޮތުން އެހެން މީހުންނަށް ޝައުގުވެރިކަން އުފެދުމާއި ޖިންސީ އަރާމު ލިބިގަތުމާ ބެހޭ ގޮތުން ބުނެދިނުމަށް އިރުޝާދު ދީފައިވެ އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޔޫރަޕަށް ތައްޔާރުކޮށްފައިވާ "ސްޓޭންޑަޑްސް ފޮރ ސެކްޝުއައިލިޓީ އެޑިއުކޭޝަން އިން ޔޫރޮޕް" ގައި ތިރީގައިވާ ގޮތުން އިރުޝާދު ދީފައިވެ އެވެ.
- 4 އަހަރުން ދަށުގެ ކުދިންނަށް އަމިއްލައަށް އެދުން ފުއްދުމަށާއި އެކުދިންގެ އަމިއްލަ އަދި އެހެން މީހުންގެ ހަށިގަނޑަށް ޝައުގުވެރިކަން އުފެއްދުމާ ބެހޭ ގޮތުން ބުނެދިނުން.
- 4 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނަށް އަމިއްލައަށް އެދުން ފުއްދުމާއި އަދި އެކުދިން ގެ ޖިންސީ އެދުންވެރިކަމުގެ ބޭނުންތަކާ ބެހޭ ގޮތުން ހުޅުވާލައިގެން ވާހަކަ ދެއްކުމަށް ބާރުވެރިކުރުން.
- 6 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިންނަށް ޖިމާޢުވުމާއި، އިންޓަރނެޓުން އޮރިޔާ ވީޑިއޯ ބެލުމާއި، ސިއްރު ލޯބިވެރިން ގެންގުޅުމާއި އަމިއްލަ އަށް އެދުން ފުއްދުމާ ބެހޭ ގޮތުން ކިޔައިދިނުން.
- 9 އަހަރާއި 12 އަހަރާ ދެމެދު ގެ ކުދިންގެ ފުރަތަމަ ޖިންސީ ތަޖުރިބާ ހޯދުމަށް އަދި އިންޓަރނެޓް ބޭނުންކޮށްގެން އޮރިޔާންކާޑު ބެލުމާ ބެހޭ ގޮތުން ބުނެދިނުން.
No posts

Comments
Nothing yet. Say the first thing.
Sign in to join the conversation.