ކޮވިޝީލްޑް ވެކްސިން ގެ ސަބަބުން ނުރައްކާތެރި ގިއިޔަން-ބަރޭ ސިންޑްރޯމް ޖެހިދާނެ ކަމުގެ އިންޒާރު ލިޔުންތަކުގައި ހިމެނުމަށް އިންޑިޔާގެ މިނިސްޓްރީ އޮފް ހެލްތުން ވެކްސިން އުފައްދާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއަށް އަންގައިފިއެވެ.
ގިއިޔަން-ބަރޭ ސިންޑްރޯމް ޖެހުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ނާރުތަކަށް ހަމަލާދިނުމެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ބާރު ދަށްވެ، ވާބަލިޖެހި އަދި މަރުވުން ވެސް އެކަށީގެންވެ އެވެ. ބަލިޖެހުމުގެ ފުރަތަމަ އަލާމާތްތަކަކީ ވަރުނެތުން އަދި އަތްފައި އައްސިވުމެވެ. ދެން މިކަން މުޅި ހަށިގަނޑަށް ފެތުރި، ވާވުން ކުރިމަތިވެ އެވެ. އެދެވޭ ފަރުވާ ދެވިއްޖެ ނަމަ، ފުރިހަމަ ޞިއްޙަތަކަށް އައުމަށް ހައެއްކަ އަހަރު ނަގައެވެ. ގިނަ މީހުންނަށް، ހައެއްކަ މަސް ތެރޭ ހިނގައި އުޅެވިދާނެ އެވެ. ނަމަވެސް ބައެއް މީހުންނަށް ވަރުބަލިކަމާއި އައްސިވުން ފަދަ ކަންކަން އެތައް އަހަރަކަށް ދެމިގެންދެ އެވެ.
އިންޑިޔާގައި އުފެއްދި ކޮވިޝީލްޑް ވެކްސިނަކީ އެސްޓްރަޒެނެކާ ވެކްސިންގެ ބާވަތެވެ. އެސްޓްރަޒެނެކާ ވެކްސިނުން ލޭ ގަނޑުވުން ކުރިމަތިވެދާނެ ކަމަށް ކޯޓުގައި އެއްބަސްވުމަށް ފަހު، މި ވެކްސިން ވިއްކުން މިހާރު ވަނީ ހުއްޓާލާފައެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދިނުމުގެ ކުރިން އެއިން އަނިޔާ ލިބިފައިވޭތޯ ނުވަތަ މީހަކު މަރުވެފައިވޭތޯ، ވެކްސިން އުފެއްދި ކުންފުނި ނުވަތަ އިންޑިޔާ ސަރުކާރުން މަޢުލޫމާތު ހޯދާފައެއް ނުވެ އެވެ. ނަމަވެސް، ދިވެހިރާއްޖޭގައި މި ދެ ވެކްސިން ޖަހާފައިވަނީ "ރައްކައުތެރިކަން ކަށަވަރު" ކުރެވިފައިވާ ތަކެތި ކަމަށް އެޗް.ޕީ.އޭ އަދި ބައެއް ދިވެހި ޑޮކްޓަރުން ދޮގު މަޢުލޫމާތު ދިނުމަށް ފަހު އެކި ގޮތް ގޮތުން މަޖުބޫރުކުރުވައިގެންނެވެ. މި ގޮތުން ދޮގު މަޢުލޫމާތު ފަތުރާފައިވާ ބައެއް ޑޮކްޓަރުންނަކީ ޑރ. ފައިސަލް، ޑރ. މުޙައްމަދު ޢަލީ، ޑރ. ނަޒްލާ ރަފީޤު، ޑރ. ޖުމޭލަތް ބޭގަމް، ޑރ. ޝީނާ މޫސާ ފަދަ ނަން މަޝްހޫރު ޑޮކަޓަރުންނެވެ.
ބަނޑުގައި އޮތް ދަރި ވައްޓައިގެން، ރަހުމެއް އިންސާނިއްޔަތުކަމެއް ނެތި، ދިރިދިރި އޮތް ތުއްތު ކުއްޖާ ފަޅައިގެން އެކުއްޖާގެ ގުނަވަންތައް ބޭނުންކޮށްގެން ހަދާ މިފަދަ ވެކްސިންތަކުން ނުކުންނާނީ ހިތި ނަތީޖާ ކަން މި ސާބިތުވަނީއެވެ.
ވެކްސިން ޖަހައިގެން އަނިޔާއެއް ނުވަތަ މަރުވުން ކުރިމަތި ވެފައިވޭތޯ ބަލާފައި ނުވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ ޖަވާބު ތިރީގައި މިވަނީއެވެ.
No posts

Comments
Nothing yet. Say the first thing.
Sign in to join the conversation.