ދިވެހީންނަށް ކެންސަރަކީ ޢާއްމު ބައްޔަކަށްވެފައި މިވަނީ ވަރަށް ފަހުންނެވެ. އަޅުގަނޑުމެން ކުޑައިރު އަޑުއަހާ އުޅެނީ ކޮންމެ ވެސް ނުދަންނަ އުމުރުން ދުވަސްވީ މީހަކަށް ކެންސަރުޖެހިގެން އުޅޭ ވާހަކައެވެ. ނަމަވެސް، މިހާރު ކެންސަރަކީ ތުއްތުކުދިންނާއި ޒުވާނުންނަށް ވެސް ޢާއްމު ބައްޔަކަށް ވެއްޖެއެވެ.
* ނޯޓު: މިއީ ކެންސަރު ޖެހިފައިވޭތޯ ބެލުމަށް ޓެސްޓުކުރެވިފައިވާ މީހުންގެ އަދަދު
ކެންސަރު ޖެހިފައިވޭތޯ ބަލާ އަދަދު 2015 ވަނަ އަހަރުން ފެށިގެން މައްޗަށް ގޮސްފައިވެއެވެ. އެ އަދަދު އިންތިހާއަށް އިތުރުވެގެންދިޔައީ 2021 ވަނަ އަހަރުން ފެށިގެންނެވެ.
ހައިރާންވާން ޖެހޭ ކަމަކީ، ދިވެހިރާއްޖޭގައި ޢާއްމުކޮށް ކެންސަރު ޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ކަމަށް ބުނާ އިރު، ކެންސަރު ބައްޔަށް ޑަޔަގްނޯސް އެންމެ ގިނައިން ކޮށްފައިވަނީ 2007 ވަނަ އަހަރާއި އޭގެ ފަހުން ވިހާފައިވާ ކުޑަކުދިން ކަމަށްވުމެވެ. ނަމަވެސް، މިއީ ޞިއްޙަތާ ބެހޭ ނުވަތަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ކަމަށް ދައުވާކުރާ އެއްވެސް ފަރާތަކުން ބަލާފައިވާ ކަމެއް ނޫނެވެ.
ކޮވިޑް ވެކްސިނާއި ކެންސަރު
"ރައްކާތެރިކަން ކަށަވަރު" ކުރެވިފައިވާ ކަމަށް ބުނެ ދޮގުހަދައިގެން އަދި މަޖުބޫރުކޮށްގެން ޖެހުވި ކޮވިޑް ވެކްސިންތަކުގެ ސަބަބުން ކެންސަރު ޖެހޭ މިންވަރު ގިނަވެފައި މިވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އެތައް އެތައް ފަންނީ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި، ކޮވިޑް ވެކްސިން ގެ ސަބަބުން ކެންސަރު ޖެހުމަށް އެތައް މަގެއް ފަހިކޮށްދެއެވެ. މިގޮތުން ދިފާއީ ނިޒާމު ހަލާކުކޮށްލުން، ކެންސަރަށް މަގުފަހިވުން ހުއްޓުވާ ޖީންތަކަށް ހުރަސްއެޅުން، އިންސާނާގެ ޑީ.އެން.އޭ އަށް އަނިޔާވުން/ބަދަލުތައް އައުން، ފަދަ ގޮތް ގޮތުން ކޮވިޑް ވެކްސިން އިން ކެންސަރު ޖައްސުވައެވެ. ނުވަތަ ހުރި ހާލަތް އިތުރަށް ގޯސްކޮށްލައެވެ. ފައިޒަރ ވެކްސިން ގައި ބެކްޓިރިއާ ޖަރާސީމުގެ ޑީ.އެން.އޭ އެކުލެވިގެންވުމުގެ ސަބަބުން މި ވެކްސިންތައް ތަގައްޔަރުވެފައިވުމުން، މިއީ ވެސް ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މި ގޮތުން ޖެހޭ ކެންސަރު ގިނައިން ފެންނަނީ ވަރަށް ފަހު ސްޓޭޖްގައި ހުއްޓާކަމަށްވުމުން، މިއަށް "ޓަރބޯ ކެންސަރ" އޭ ކިޔައެވެ. ޢާއްމު ގޮތެއްގައި ކޮވިޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަށް "ޓަރބޯ ކެންސަރު" ޖެހުމުން، އެކަން އިނގޭތާ މާގިނަ ދުވަސްތަކެއް ނުވެ މަރުވެއެވެ.
ކޮވިޑް ވެކްސިނުން ގެނެސްދިނީ ހަމައެކަނި ސްޓްރޯކް، ހާޓްއެޓޭކް އަދި ކުއްލި މަރުތަކެއް ނޫނެވެ. ކެންސަރު ވެސްމެއެވެ.
ދުންފަތާއި ކާބޯތަކެތީގެ ސަބަބުން ކެންސަރުތައް ގިނަވާ ނަމަ، ކެންސަރު ބަލި ގިނަވާންޖެހޭނީ މިފަދަ ކަންކަމަށް ގިނަ ދުވަހު ކުރިމަތިވެފައިވާ ފަރާތްތަކެވެ. އުމުރުން ދުވަސްވީ މީހުންނަށެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ކެންސަރު އެންމެ ގިނައިން ޖެހެނީ ތުއްތުކުދިންނަށާއި ޒުވާނުންނަށެވެ.
ކުޑަކުދިންނަށް ދޭ ވެކްސިންތަކާއި ކެންސަރު
ތުއްތުކުދިންނާއި ޒުވާނުންނަށް ކެންސަރު ޖެހުމަށް މަގުފަހިވާ އަނެއް ކަމަކީ ޢާއްމުކޮށް ކުޑަކުދިންނަށް ޖަހާ ވެކްސިންތަކުގެ ސަބަބުންނެވެ. ކުޑަކުދިންގެ ޙައްޤެކޭ ބުނެ މަޖުބޫރުން ޖަހުވާ މި ވެކްސިންތަކުގައި ކެންސަރު ޖައްސުވާ އެތައް އެތައް ވިހަ މާއްދާތަކެއް އެކުލެވިގެންވެ އެވެ. މި ގޮތުން ހިމެނޭ އެއް މާއްދާ، ދިރޭރަހަ (މަރކަރީ) އަކީ ތަރައްޤީވެފައިވާ އެންމެހައި ޤައުމުތަކުން ކުޑަކުދިންނަށް ދޭ ވެކްސިންތަކުން ނަގާފައިވާ މާއްދާއެކެވެ. މީގެ 30 އަހަރު ކުރިން ޔޫރަޕާއި އެމެރިކާއިން މި މާއްދާ ނަގާފައިވެ އެވެ.
ކުޑަކުދިންނަށް ދޭ ވެކްސިންތަކުގައި ކެންސަރު ޖައްސުވާ މާއްދާތައް ހުރިކަމުގައިވީ ނަމަވެސް، މި ވެކްސިންތަކުގެ ސަބަބުން ކެންސަރުޖެހޭތޯ ބަލާފައިނުވާ ކަމަށް މިވެކްސިންތައް އުފައްދާ ކުންފުނިތަކުން ބަޔާންކޮށްފައިވެއެވެ.
ވީމާ، ދިވެހިރާއްޖޭގައި ކެންސަރު ޖެހޭ މިންވަރު އިތުރުވުމުން ހައިރާންވާކަށް ނުޖެހެ އެވެ. ބައްޔަކީ ބައެއްގެ ވިޔަފާރިއެކެވެ.
ކެންސަރު ބަލި ޖެހެނީކީ ނޫނެވެ. ކެންސަރު ބަލި ގަސްތުގައި ޖައްސުވަނީ އެވެ.
No posts

Comments
Nothing yet. Say the first thing.
Sign in to join the conversation.