RSS Amplifier

ޓީއެންއެން - : ރެސިޕީ · Mar 17, 2026

ރެސިޕީ: މެގްނަމް ޕުޑިން

0
Sign in to vote or save

nashidha@tnn.mv · ޓީއެންއެން

ރޯދަމަހު ގިނަ މީހުންނަށް ފޮނި ކާއެއްޗެހި ވަރަށް ކަމުދެއެވެ. އެކި ގޮތް ގޮތަށް ތައްޔާރުކުރާ ފޮނި ބާވަތްތަކަކީ އެކި އުމުރު ފުރައިގެ މީހުންނަށްވެސް ވަރަށް ކަމުދާ އެއްޗިއްސެވެ. އެގޮތުން މެގްނަމް ޕުޑިންއަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ފޮނި އެއްޗެކެވެ. އަދި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. 

ބޭނުންވާ ތަކެތި:

  • 1 ފެކެޓް މާރީ ބިސްކޯދު
  • 1 ދަޅު ގެރިކިރު
  • 2 ބިސް
  • 1 މޭޒުމަތީ ސަމްސާ ބަޓަރު
  • 4 ސަމްސާ ކޯން ފްލޯ
  • 2 1/2 ތަށި ފުލްކްރީމް މިލްކް
  • 1 މިލްކް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސް، ގެރިކިރު، ބަޓަރު އަދި ކޯން ފްލޯ މިކްސްޗަރުން ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު ތެއްޔަކަށް ފުލް ކްރީމް ޕެކެޓް އެޅުމަށް ފަހު ހޫނު ކޮށްލާށެވެ. ރަނގަޅަށް ހޫނުވުމުން ކުރިން ގިރާލި މިކްސް ކޮޅު ތެއްޔަށް އެޅުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ. އޮލަވާން ފެށުމުން ޓްރޭގައި ބިސްކޯދު ފަތުރާލުމަށްފަހު އޭގެ މައްޗަށް ކްރީމް ގަނޑު އަޅާލާށެވެ.

އެގޮތަށް އަދި އެއް ލޭޔަރު ހަދާށެވެ. އެއަށް ފަހު މައްޗަށް ޗޮކޮލެޓް ގާނާފައި އަޅާލާށެވެ. 

Read the original on tnn.mv

Comments

Nothing yet. Say the first thing.

    Sign in to join the conversation.