ލުނބޯ އަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. ލުނބޯ ބޭނުންކޮށްގެން ތައްޔާރުކުރާ ގިނަ އެކި ބާވަތްތަކުގެ ފޮނި ކާތަކެތިވެސް ހުރެއެވެ. އެގޮތުން މިއަދު މި އުޅެނީ ލެމަނޭޑް ހަދާލާނެ ގޮތެއް ހިއްސާކޮށްލުމަށެވެ.
ބޭނުންވާ ތަކެތި:
- 8 ލުނބޯ (ދެފަޅި ކޮށްފައި)
- 1 ½ ޖޯޑު ހަކުރު
- 16 ކުދީނާ ފަތް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތައްޓެއްގެ ތެރެއަށް ލުނބޯތަކުން ހުތް ފެލާލާފައި، އޭގެ ތެރެއަށް ފެން ފޮދާއި ހަކުރުކޮޅު އަޅާލާ ގިރާލާށެވެ.
އެއަށްފަހު، ހަކުރުތައް ރަނގަޅަށް ވިރެންދެން ކައްކާލާށެވެ. އެއަށްފަހު، އޭގެ ތެރެއަށް ލުނބޯ ހުތް ފޮދު ތެލީގެ ތެރެއަށް އަޅާލުމަށްފަހު، ސިރަޕަކަށް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ.
އެއަށްފަހު، ސިރަޕު އެއްކޮށް ހިހޫވުމުން، އޭގެރެއަށް ކުދީނާ ފަތްކޮޅު އެޅުމަށްފަހު، ކުޑަކޮށް ޗަސް ކޮށްލާށެވެ. އަދި ފެން އަޅާފައި ގިރާލާށެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.