RSS Amplifier

ޓީއެންއެން - : ދުނިޔެ · Aug 17, 2026

ޓްރަމްޕްގެ ވާހަކަތައް ދޮގުކުރަން އީރާނުން ނެގީ ހިނދުކޮޅެއް، ބުނީ އެމެރިކާ މާޔޫސްވެފައިވާ ކަމަށް

0
Sign in to vote or save

saifzahar@gmail.com · ޓީއެންއެން

އީރާނާއި އަދި އީރާނުގެ އިންގިލާބީ ލަޝްކަރާ ގުޅުވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތައް، އިންގިލާބީ ލަޝްކަރުން ހިނދުކޮޅެއްގެ ތެރޭގައި ރައްދު ދީފިއެވެ.

އެމެރިކާގެ މީޑިއާ ވަސީލަތަކާ ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ބުނީ، އީރާނުގެ އިންގިލާބީ ލަޝްކަރާއި އެމެރިކާ ސަރުކާރާ ދެމެދު "ފަރުދާގެ ފުރަގަހުގައި" ވާހަކަތައް ކުރިއަށް އެބަދާ ކަމަށާއި، އެހެންވެ އަވަސް އަރުވާލައިގެން އީރާނަށް ހަމަލާދޭން އޭނާ ބޭނުން ނުވާ ކަމަށެވެ. 

ޓްރަމްޕް ބުނީ، އެމެރިކާ ސަރުކާރުން ތެހެރާނުގައި ތިއްބެވި އިންގިލާބީ ލަޝްކަރުގެ ވެރިންތަކަކާ ސީދާ ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

އެމެރިކާ ސަރުކާރާ ގުޅުން އޮންނަ އަކްސިއޯސްއިން ބުނެފައިވަނީ، އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފް ޖެނެރަލް އަހްމަދު ވަހީދީއާއި އެމެރިކާއާ ދެމެދު މިއަހަރުގެ މެއިމަހުން ފެށިގެން ސީދާ މުއާސަލާތު ކުރެވޭ ނިޒާމެއް ގާއިމްކުރެވި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން، އެމެރިކާ ސަރުކާރުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ މީޑިއާ ވަސީލަތަކުން ބުނެފައިވަނީ، އީރާނުގެ އިރާނާއި އެމެރިކާ ސަރުކަރާ ދެމެދު އިރާގުގެ އަރްބީލްގައިވެސް މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އެމެރިކާގެ ރައީސްގެ މި ވާހަކަތައް އީރާނު ސަރުކާރުންވަނީ ވަގުތުން ދޮގުކޮށްފައެވެ.

އީރާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، މިއީ، އީރާނުގެ ވެރިކަމުގެ ތެރޭގައި ކަންކަން ނިންމަވަން ތިއްބެވި ބޭފުޅުންގެ މެދުގައި ބައިބައިވުން އުފައްދައި މަސްލަހަތު ނަގާލައި ނަފްސާނީކޮށްލަން އެމެރިކާ ސަރުކާރާއި، އެމެރިކާ މީޑިއާ ގުޅިގެން ރާވައިގެން ހަދަހަދައިގެން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

އީރާނުގެ ޚާރިޖިއްޔާއިން ބުނީ، މިއީ، އެމެރިކާ ނާއުންމީދުވެފައިވާލެއް ބޮޑުކަމުން ފަތުރަމުންގެންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.

Read the original on tnn.mv

Comments

Nothing yet. Say the first thing.

    Sign in to join the conversation.