RSS Amplifier

ޓީއެންއެން - : ރިޕޯޓު · Aug 20, 2026

35 އަހަރަށް ފަހު ޕްރިންސިޕަލް ނާޒްލީންގެ ތައުލީމީ ހަޔާތް ނިންމަވާލެއްވުން :އަސަރާއި އިހުތިރާމްގެ ވަދާއީ ސަލާމެއް

0
Sign in to vote or save

azla74609@gmail.com · ޓީއެންއެން

ރާއްޖޭގެ ތައުލީމީ ދާއިރާއިން މިއަދު މިނެރޭ ފަޙުރުވެރި ކާމިޔާބީތަކުގެ ފަހަތުގައި ތިއްބެވީ ލޮބުވެތި މުދައްރިސުންނާއި ބެލެނިވެރިން އެކަންޏެއް ނޫނެވެ. އެއީ މަދު ފަހަރެއްގައި ޝުކުރުގެ ލިސްޓަށް އަރާ އެބައެއްގެ ނަން ހަމައެކަނި ޖަލްސާތަކުގައި ކިޔާލާ އަޑުއިވޭ ހިތްވަރާއި ގުރުބާނީގެ އެތައް ވަގުތެއް ތައުލީމީ ދާއިރާއަށްޓަކައި ގުރުބާންކުރައްވާފައި ތިއްބެވި ލޮބުވެތި ޕްރިންސިޕްލުންނެވެ. 

ރާއްޖޭގެ ތައުލީމީ ދާއިރާގެ އުދަރެހުގައި ފާއިތުވި 35 އަހަަރު ވިދަމުން ބަބުޅަމުން ތައުލީމީ ދާއިރާއަށް ކޮންމެ ދުވަހަކު އާރޯކަން ގެނެސް ދެމުންދިޔަ ދިވެހި ތައުލީމީ އުދަރެހުގައި އަބަދުމެ ފެވިފައިވާނެ އެއް ނަަމަކީ 35 އަހަރު ތައުލީމީ ދާއިރާގައި ހިދުމަތް ކުރެއްވުމަށްފަހު މިމަހުގެ 31 ވަނަދުވަހު ރިޓަޔާ ކުރައްވާ ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން އެވެ. 

ޕްރިންސިޕަލެއްގެ ގޮތުގައި 17 އަހަރު ހިދުމަތްކުރެއްވި ނާޒްލީން ގެ ޝަރަފުގައި ހާއްސަ ވަދާއީ އެސެމްބްލީއެއްވެސް މިއަދު ކަލާފާނު ސްކޫލުގައި ވަނީ ބާއްވާފައެވެ.

ޓީޗިން ކޯސް ހެއްދެވުމަށްފަހު، ޕްރިންސިޕްލަ ނާޒްލީން ފުރަތަމަ ކިޔަވައިދެއްވަން ފެއްޓެވީ ޖަމާލުއްދީން ސްކޫލުގައެވެ. އެއަށްފަހު  ކިޔަވާދިނުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ސިންގަޕޯރުން ފުރިހަމަކުރެއްވުމަށްފަހު، ކަލާފާނުސްކޫލާއި ގުޅިވަޑައިގަތެވެ.  ކަލާފާނު ސްކޫލުގައި ކިޔަވާދެއްވުމުގެ ގޮތުން ގިނަ އަހަރުތަކެއް ހޭދަކުރެއްވިއިރު   މެލޭޝިޔާއިން މާސްޓަރސް ހެއްދެވުމަށްފަހު ތައުލީމީ ދައިރާއަށް ހިދުމަތްކުރެއްވުމުގައި ސަބިތު ކަމާއިއެކު ދެމިހުންނެވިއެވެ.

 ކަލާފާނު ސްކޫލުގައި ޓީޗަރެއްގެ މަގާމު، ލީޑިންގ ޓީޗަރެއްގެ މަގާމު އަދި ޑެޕިޔުޓީ ޕްރިންސިޕްލުގެ މަގާމު އަދާކުރެއްވުމަށްފަހު   ޕްރިންސިލެއްގެ ޒިންމާ އަދާކުރައްވަން ފެއްޓެވީ 2009 ވަނަ އަހަރުއެވެ.

ހަ އަހަރަށްފަހު، 2015 ވަނަ އަހަރު އަމީނިއްޔާގެ ސްކޫލުގެ ޕްރިންސިޕަލަށް ބަދަލުކުރެއްވިއެވެ. އަމީނިއްޔާގެ ސްކޫލުގެ ޕްރިންސިޕަލްކަމުގައި 2025 ވަނަ އަހަރާ ހަމައަށް ހުންނެވިއެވެ. އޭގެ ފަހުން އަނެއްކާ ވެސް ކަލާފާނުގެ ސްކޫލުގެ ޕްރިންސިޕަލަކަށް ތައުލީމީ ވުޒާރާއިން ހަމަޖެއްސެވީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

Read the original on tnn.mv

Comments

Nothing yet. Say the first thing.

    Sign in to join the conversation.