RSS Amplifier

ޓީއެންއެން - : ދީން · Apr 3, 2026

”މަރުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވޭ، މަރާ ކުރިމަތިލާންޖެހޭނެކަން ދަނެ، އެކަމަށް ތައްޔާރުވޭ“

0
Sign in to vote or save

Maryam Inaa Maajid · ޓީއެންއެން

މަރުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވާ ކަމަށާއި، މަރާ ކުރިމަތިލާންޖެހޭނެކަން ދަނެ، އެކަމަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ހުތުބާގައި ބުނީ މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަލާންޖެހޭނެ ހަގީގަތެއް ކަމަށެވެ. މި ހަގީގަތާ މެދު އެއްވެސް މީހަކު ހިޔާލުތަފާތުވެފައި ނުވާ ކަމަށާއި، އެހެންކަމުން މަރަށް الله سبحانه وتعالى ނަންދެއްވައިފައިވަނީ ޔަގީނުގެ ނަމުން ކަމަށް ހުތުބާގައި ބުންޏެވެ. 

ހުތުބާގައި ބުނީ މަރަކީ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތް ކަމަށާއި، މި ހަޔާތުގައި އަހަރެމެން ބޭނުންވީމައި ލޯމަރާލައިފައި ބޭނުންވީމައި ލޯހުޅުވައިލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. ނަމަވެސް، ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މިދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ތިބާ ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ތިބާގެ ނޭވާ ކުރުވެ، އަބަދުގެއަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނެ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތު ކަމަށެވެ. އަދި މަރަކީ، ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން އަހަރެމެން ހޭލައްވައިލާ ކަމެއް ކަމަށާއި، މަރާ ދޭތެރޭގައި އަހަރެމެން ވިސްނައި މަރު މަތީން ހަނދާންކުރުމަށް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އިރުޝާދުދެއްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. 

ހުތުބާގައި ބުނީ މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާ ކަމަށެވެ. އެގޮތުން އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެ ކަމަށް ހުތުބާގައި ބުންޏެވެ. އެކެމަށް މިސާލު ނަގަމުން ހުތުބާގައި ބުނީ ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިބޭއިރު، މީހަކަށް އެ މީހުންނާ ބައްދަލުކުރެވެނީ ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް مَلَكُ الْمَوْت عَلَيْهِ السَّلَام އެ ގަނޑުވަރަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައެއް ނެތި ކަމަށް ހުތުބާގައި ބުންޏެވެ. 

ހުތުބާގައި ބުނީ މާތް اللهގެ އަމުރުފުޅު އައުމުން ވަގުތުން އެމީހެއްގެ މަރު ހިއްޕަވާނީ މީހާގެ އުމުރަކަށް، ބަލި ހާލަތަކަށް، އަދި މީހާގެ މުއްސަނދިކަމާއި ފަގީރުކަމަކަށް ނުވަތަ މާތްކަމާއި މަތިވެރިކަމަކަށް ނުބައްލަވާ ކަމަށެވެ.

މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، ތިބާ އެ ކަމަށް ތައްޔާރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެގޮތުން ހެޔޮ އަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

Read the original on tnn.mv

Comments

Nothing yet. Say the first thing.

    Sign in to join the conversation.