RSS Amplifier

ޓީއެންއެން - : ހަބަރު · Aug 20, 2026

އެސްޓީއޯ އިން ވީ ސްކޭން ގެ މޮޑެލްތަކެއް ތައާރަފްކޮށްފި

0
Sign in to vote or save

azla74609@gmail.com · ޓީއެންއެން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އެސްޓިއޯހެލްތް ކެއާ އިން ވީ ސްކޭންގެ މޮޑެލްތަކެއް ތައާރަފްކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ މިއީ އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައި ޖީއީ ހެލްތުކެއާ އިން އަލަށް ބާޒާރަށް ނެރުނު ޕޯޓަބަލް އަލްޓްރާސައުންޑްގެ ވީ ސްކޭންގެ މޮޑެލްއެއް ކަމަށެވެ.

 މި މޮޑެލް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތްކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިސް ބާބޫއެވެ.

 މި ޑިވައިސް އިން ސްކޭންގެ ހިދުމަތް ދެވެމުންއައި ގޮތް ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ ބަލިމީހުންނާ ވީހާ ވެސް ކައިރިން ހިދުމަތްދިނުުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާނެ ކަމަށާއި، ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ކުދި ރަށްރަށަށް ސްކޭންގެ ހިދުމަތް ފުުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެސްޓީއޯ އިން ގަބޫލު ކުރާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ލެޕްޓޮޕަށް ގުޅާލެވި ސްކޭންކުރާ ފޮޓޯތައް ޑީކޮމް ސްޓޭންޑަށް ޝެއާ ކުރެވޭނެއެވެ.

 އެސްޓީއޯ އިން ބުނީ މި ތައާރަފްކުރެވުނު ވީ ސްކޭން އަކީ އެ ކުންފުނިން ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިިން މި ދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

Read the original on tnn.mv

Comments

Nothing yet. Say the first thing.

    Sign in to join the conversation.