ދިވެހިންގެ ތެރޭގައި ހެނދުނު ނާސްތާއަށާއި މެންދުރު އަދި ރޭގަނޑުގެ ކެއުމުގައިވެސް ކުޅިމަހަކީ ވަރަށް ގިނައިން ކައިއުޅޭ އެކައްޗެކެވެ. ގިނަ މީހުންގެ މަގުބުލުކަން ލިބިފައިވާ ކުޅިމަހަކީ އެކި ގޮތް ގޮތަށް ތައްޔާރުކޮށްލެވޭނެ އެކައްޗެކެވެ.
ވަގުތުނެތި އަވަހަށް ހަދާލަން ބޭނުންނަމަ މި ގޮތަށްކުޅިމަސް ތައްޔާރުކޮށްލުމަކީ ހަށިގަނޑަށްވެސް ލިބޭނެ ލުއިފަސޭހަ ކަމެކެވެ.
ހަދާނެ ގޮތް:
ތަތްނުލަވާ ތެތްޔަކަށް ތިރީގައި އެވާ ލިސްޓުގައި ހުރި ހުރިހާ ބާވަތެއް އަޅާ އެއްކޮށްލާށެވެ. މަޑު ގިނީ ގައި 15 މިނެޓުވަންދެން ކައްކާލާށެވެ. ދޭތެރެ ދޭތެރޭ ހަލާލަންވާނެއެވެ. ކުލަ ތަންކޮޅެއް ގަދަ ރަތްކުލައަކަށް ބަދަލުވަންދެން ރަނގަޅަށް ކައްކާލާށެވެ.
ބޭނުންވާނަމަ ތެޔޮ ތަންކޮޅެއް ގިނަ ނުވަތަ މަދު ކޮށްލެވިދާނެއެވެ.
މިގޮތަށް ރިހަވެސް ކެއްކޭނެއެވެ. މަސްކޮޅު ރޯފިލީމާ ކާށި ކިރު އަޅާލާ، ލޮނު ހެޔޮވަރު ކޮށްލާށެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.