ކޭކަކީ އެކި އުމުރުފުރައިގެ މީހުންނަށް ވަރަށް މީރު އެއްޗެކެވެ. މިއަދުގެ މި ރެސިޕީއަކީ ވަރަށް ފަސޭހައިން ހަދާލެވޭނެ މީރު ކޭކެކެވެ.
ބޭނުންވާނެ ތަކެތި:
1 ޗޮކްލެޓް ކޭކް މިކްސް ޕެކެޓެއް
1 ދަޅު ނެސްލޭ ކްރީމް ދަޅު
1/2 ދަޅު ގެރި ކިރު
2 ސައިސަމްސާ ކޮކޯ
1 ޖޯޑު ގިރާފައި ހުރި ކިރު ނުވަތަ ޕެކެޓު ކިރު
ގެރި ކިރު، ކްރީމް ދަޅު އަދި ކޮކޯ އަޅާލައިގެން ކްރީމް ގަނޑު ރަނގަޅަށް ގިރާލާފައި ބަހައްޓާށެވެ. އަދި ޗޮކްލެޓް ކޭކެއް ފިހެލާށެވެ. ފިހެލުމަށްފަހު އުލަކުން ކޭކުގައި ލޯވަޅު އަޅާލާށެވެ.
އެއަށްފަހު ކޭކު މައްޗަށް ކުޑަކޮށް ތާފެނާފެނުގައި ގިރާލާފައި ހުރި ކިރު އަޅާލާފައި ފަސް މިނެޓު ވަންދެން ބަހައްޓާލާށެވެ.
ފަސް މިނެޓު ފަހުން ކޭކު މައްޗަށް ގިރާފައި ހުރި ކްރީމް ގަނޑު ކޭކު ތެރެއަށް ވަންނަ ވަރަށް އަޅާލާށެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.