RSS Amplifier

ޓީއެންއެން - : ސިޔާސީ · Jun 16, 2026

ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް: މެޑަމް ސާޖިދާ

0
Sign in to vote or save

azla74609@gmail.com · ޓީއެންއެން

ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް ކަމަށާއި، ލޭ ހަދިޔާކުރެވެން އޮތް ކޮންމެ މީހަކުވެސް ލޭ ހަދިޔާކޮށް، އިންސާނިއްޔަތަށް އެ ހިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

އެ ކަމަނާ މިފަދައިން ގޮވާލެއްވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިއަށްދިޔަ  ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

 މި ހަފްލާގައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރާ ފަރާތްތަކަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އަދި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޝަރަފުގައި ހާއްސަ ދުވަހެއް ފާހަގަކުރެވޭ އެންމެ ހާއްސަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ސަދަގާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަހުލާގު އާލާކޮށް، އިންސާނީ މުޖުތަމައުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މި އަގުހުރި ހިދުމަތުގައި ދެމިތިބި ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ހިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފައެވެ.

މީގެ އިތުރުން އެ ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރަމުން ގެންދާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރަން ފެށި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭހަދިޔާ ކުރި ފަރާތަކަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވުން އޮތެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް ރޭގެ ޙަފުލާގައި ހަވާލުކުރައްވާފައިވެއެވެ.

ހަމަމިއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް  ހާސިލްުކުރި  ފަރާތްތަކަށް އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެވެ.

އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރާ ލޭ ހަދިޔާކުރުންތެރީންގެ ޝަރަފުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

Read the original on tnn.mv

Comments

Nothing yet. Say the first thing.

    Sign in to join the conversation.