ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު)އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލުނެރެފިއެވެ.
މެޓުން ހުދު ސަމާލުނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް، މިއަދު ހެނދުނު 7:15 އިން ފެށިގެން މެންދުރު 13:00 ގެ ނިޔަލަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ކ. ދިއްފުށްޓަށެވެ. ދިއްފުށްޓަށް 26.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ދެވަނަ އަށް އެންމެ ބޯކޮށް ވާރޭވެހިފައިވާ ހުޅުލެއަށް 22.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ.
މިއަދުގެ ހަވީރު 18:00 އާއި ހަމައަށް މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާއިރު މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ހަމައެހެންމެ މެދުރާއްޖެތެރެއާއި ދެކުނާއި ހުޅަނގުދެކުނާއި ހުޅަނގުން އަދި އުތުރުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލައި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.