ދިވެހިރާއްޖޭގެ ރަށްތަކާއި ސިޓީތަކުގެ މަލަމަތީގެ މަންޒަރުތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ޒަމާނީ ފެންވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފެށިގެން، ވިޔަފާރި މަރުކަޒުތަކާއި، މުހިންމު އުމްރާނީ ބޮޑެތި މަސައްކަތްތަކާ އެކު، އިމާރާތްކުރުމުގެ ދާއިރާއިން އަންނަނީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރަމުންނެވެ.
މިފަދަ ކޮންމެ ތަރައްގީއެއްގެ ފަހަތުގައި ވަނީ ފަރުވާތެރިކަމާއި، އިތުބާރާއި، އެންމެ އެކަށޭނަ އާލާތްތައް ބޭނުންކުރުމުގެ މައްޗަށް ބިނާވެފައިވާ ފަޙުރުވެރިސިނާއަތެކެވެ. ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުން މިއަދު މިދެކޭ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ކުންފުންޏަކީ، ބަރު މެޝިނަރީ ކުއްޔަށް ދިނުމާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިތުބާރު ހޯދާފައިވާ ލިއޯ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގެ މޫނު މަތި ބަދަލުކޮށްލި ވަރުގަދަ ނަމެއް
މަސައްކަތުގެ ފެންވަރު ހިފެހެއްޓުމާއި، ސަލާމަތީ ރައްކާތެރިކަމުގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ފަދަ ހައްލުތައް ހޯދައިދިނުމަށް އެ ކުންފުންޏަކީ ކޮންޓްރެކްޓަރުންނާއި، ޑިވެލޮޕަރުންނާއި އަދި އިންޖީނިއަރިންގް ފާމްތަކުގެ އިތުބާރުލިބިފައިވާ ބައިވެރިއެކެވެ.
ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އާރޯކަން ކޮންމެ ދުވަހަކު ގެނެސްދެމުންދާ މިކުންފުނީގެ ކޮންމެ ކާމިޔާބު މަޝްރޫއެއްގެ އަސްލަކީ އެކަށީގެންވާ މެޝިނަރީތައް ކަން ގަބޫލުކޮށް އެކުންފުނިން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ޒަމާނީ ފަހުގެ ވަސީލަތްތަކެވެ.
އެގޮތުން ލިއޯ ޓްރޭޑިންގް އިން ވަނީ މިޒަމާނުގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ހުރިހާ ބަރު އާލާތްތަކެއް ހިމެނޭ ފްލީޓެއް ގާއިމުކޮށްފައެވެ. އެ ކުންފުނިން ކުއްޔަށް ދޫކުރާ ތަކެތީގެ ތެރޭގައި އެކްސްކަވޭޓަރު، ޑަމްޕް ޓްރަކް، ވީލް ލޯޑަރު، ޝީޓް ޕައިލިންގް މެޝިން، މޮބައިލް ކްރޭން، ކްރޯލަރ ކްރޭން، ބެކްހޯ ލޯޑަރު އަދި ރޯލަރު ފަދަ ތަކެތި ހިމެނެއެވެ.
މި ވަސީލަތްތަކަކީ ސައިޓް ތައްޔާރުކުރުމާއި، ފަސްގަނޑު އެއްވަރުކުރުމާއި، ބަރު ތަކެތި އުފުލުމާއި، އަދި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އިތުބާރާއެކު ބޭނުންކުރެވޭނެ ވަސީލަތްތަކެކެވެ. އެ ކުންފުނިން ފޯރުކޮށްދޭ އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ ޝީޓް ޕައިލިންގް އާއި ކޮނުމުގެ މަސައްކަތްތަކެވެ.
ހުޅުމާލެ އާއި ބޮޑެތި އާބާދީ ތަކުގެ ރަށްވެހިކަން އިތުރުވެ، އުމްރާނީ މަޝްރޫއުތަކާއި ތަރައްގީގެ މުހިންމު މަސައްކަތްތައް ދުވަހުން ދުވަހަށް އިތުރުވެ ރާއްޖެ ތަރައްގީވަމުންދާއިރު، ލިއޯ ޓްރޭޑިންގ އިން އަންނަނީ މިފަދަ މަސައްކަތްތަކަށް ހާއްސަ އެންމެ ފަހުގެ ޒަމާނީ މެޝިނަރީތަކާއި ތަޖުރިބާކާރު އޮޕަރޭޓަރުންގެ އެހީގައި، އިމާރާތްތަކުގެ ވަރުގަދަކަމާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް އިސްކަންދީގެން، ކަނޑައެޅިފައިވާ ވަގުތަށް ޝީޓް ޕައިލިންގ އާއި ކޮނުމުގެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، އިމާރާތްތައް ތަޅާލުމާއި ކުނި އުކާލުމުގެ ހިދުމަތުގައި ވެސް އެ ކުންފުނިން ވަނީ ބޮޑު އިތުބާރެއް ހޯދާފައެވެ. ކޮންމެ އިމާރާތެއް ތަޅާލުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަނީ ވަރަށް ބޮޑަށް ރޭވިގެން، ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރަމުން، ތިމާވެއްޓަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށެވެ. އިމާރާތް ތަޅާލުމަށްފަހު އުފެދޭ ކުނިތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނައްތާލައި، ތަރައްގީގެ ދެން އޮތް މަރުހަލާއަށް އެ ސަރަހައްދެއް އަވަހަށް ތައްޔާރުކޮށްދިނުމަކީ އެ ކުންފުނިން ދެމުންގެންދާ ނަމޫނާ ހިދުމަތެކެވެ.
ލިއޯ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭ މި ހިދުމަތްތަކުގެ އިތުރުން، ހައިޑްރޯލިކް ހޯސް ހެދުމާއި، ރޯނިކްސް ބްރޭންޑްގެ ކަރަންޓު ސާމާނު މަރާމާތުކޮށް ބެލެހެއްޓުމާއި، ފިއުލް ޕަންޕު މަރާމާތުކުރުމާއި، ލޭތު ވޯކްޝޮޕްގެ ހިދުމަތްތަކުގެ އިތުރުން، ބަނދަރުން ހުޅުމާލޭގެ މަޝްރޫއުތައް ހިނގާ ސައިޓްތަކަށް ކޮންޓޭނަރު ކްލިއަރކޮށް އުފުލައިދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދެއެވެ.
މި ހިދުމަތްތަކާއެކު، އިމާރާތްކުރުމުގެ މަޝްރޫއުތައް ފެށުނީއްސުރެ ނިމެންދެން ބޭނުންވާނެ ފުރިހަމަ ހައްލުތައް އެ ކުންފުނިން ފޯރުކޮށްދެއެވެ. ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއާއި ކުރިއެރުމުގެ މި ދަތުރުގައި، ކަނޑައެޅިފައިވާ ވަގުތަށް އަދި އެންމެ މަތީ ފެންވަރުގައި މަޝްރޫއުތައް ނިންމުމަށްޓަކައި އިތުބާރުހުރި ބައިވެރިންގެ ބޭނުންތެރިކަން ބޮޑުވެފައިވާވާއިރު ލިއޯޓްރޭޑިންގް ފާހަގަ ވެގެންގޮސްފައިވަނީ އިމާރާތްކުރުމުގެ ޚިދުމަތްތައް އާ އުސްމިންތަކަކަށް ގެންގޮސްދިނުމުގެ އެންމެ ކުރީގައި ހަރަކާތްތެރިވާ އެއް ކުންފުނީގެ ގޮތުގައެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގެ މޫނު މަތި ބަދަލުކޮށްލި ވަރުގަދަ ބްރޭންޑެއްގެ ފަޙުރާއިއެކު ލިއޯޓްރޭޑިންގް އިން ގެންދަނީ ފެންވަރު ރަނގަޅު އާލާތްތަކާއި، ހުނަރުވެރި މުވައްޒަފުންނާއި، އަވަސް ހިދުމަތްތަކަށް އިންވެސްޓްކޮށްގެން، ތަރައްގީވެފައިވާ ގައުމެއް ބިނާކުރުމުގައި ރާއްޖެއިން ކުރާ މުހިންމު ދަތުރުގައި އިގްތިސާދީ މުހިންމު ބައިވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
އިތުބާރު ހުރި، ގާބިލު އަދި ޕްރޮފެޝަނަލް ހިދުމަތެއް ހޯދުމަށް އެދޭ ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް، ލިއޯ ޓްރޭޑިންގް އަކީ ކޮންމެ މަޝްރޫއެއްގައި ވެސް ކުރިއެރުމަށް މަގުފަހިކޮށްދޭ އިތުބާރުހުރި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އާރޯކަން ގެނެސްދޭ ވިދުންގަދަ ނަމެކެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.