RSS Amplifier

News source

ThePress.mv

The Press - The first political news website in Maldives

thepress.mvSource feed ↗45 articles

Overdue Last read · last published · next check
Last read 3 days ago, longer than this feed's 1 hour schedule.

Latest articles

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ އޮގަސްޓު 21 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައިކަމަށެވެ. ކަސްޓަމްސް އިން ބުނީ މިއީ 3800 ގުރާމުގެ…

ނީލަމުގައި ވިއްކާލަން ޖެހި މޭޒަކީ ރައީސަކު ބޭނުންފުޅުކުރެއްވި މޭޒުކޮޅެއް ނޫން: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ އެއްވެސް ޒަމާނެއްގައި ރައީސުލްޖުމްހޫރިއްޔަކު ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް އެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި…

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް 5 އިން 10 ޕަސެންޓަށް އަށް ބޮޑުކުރަން ފާސްކޮށްފި

ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން އުނިކޮށްގެން ނަގާ "ވިތުހޯލްޑިން ޓެކްސް" 5 ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފިއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު…

ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝަކޫރު އައްޔަންކުރައްވައިފި

ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު، ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަންކުރައްވައިފިއެވެ. މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި އާޒިމާ ޝަކޫރު މިހާރު ވަޒީފާއަށް ނުކުމެވަޑައިގެންފައިވާ ކަން ކަށަވަރުކޮށް ދެއްވާފައެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ އަންހެން ބަންޑާރަ ނައިބުގެ…

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން ފާސްކޮށްފި: އާމްދަނީއަށް 1.6 ބިލިއަން ރުފިޔާ އިތުރުވާނެ

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ…

މައި ސަރުކާރުގެ ބާރު ނުފޯރުވޭ ހިސާބަށް ކަންކަން ދިޔުމުގެ ކުރިން ގާނޫނު ބަދަލުކުރަންޖެހޭ: ސަލީމް

ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، ކަންކަން ހިންގުމުގައި އެ ނިޒާމުގެ ސިފަ ބަދަލުވާ ގޮތަށް ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަންތަކުގެ…

އުމުރުން 47 އަހަރުގެ ސައިންސްވެރިއެއްގެ ބަޔޮލޮޖިކަލް އުމުރު 32 އަށް ދަށްކޮށްލީ ކިހިނެއް؟

އާންމުކޮށް އަހަރަކު އެއްފަހަރު ހަދާ ސިއްހީ ޓެސްޓުތަކުން އަހަރެމެންގެ ހަށިގަނޑުގެ ހުރިހާ މައުލޫމާތެއް އެނގޭ ހެއްޔެވެ؟ ސައިންސްވެރިއެއް ކަމަށްވާ ޕްރޮފެސަރ ޑީން ހޯ ގަބޫލުކުރާ ގޮތުގައި އެއީ ހަމައެކަނި ވަކި ވަގުތެއްގެ މަންޒަރެކެވެ. އޭނާ ބޭނުންވީ ހަށިގަނޑަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް ދެނެގަންނާށެވެ. އެހެންކަމުން، އޭނާގެ އަމިއްލަ ހަށިގަނޑު ބޭނުންކޮށްގެން މަސްތަކެއް ވަންދެން ކުރިއަށްގެންދިޔަ…

ރެސްޓޯރެންޓެއްގައި އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މާލެ، މާފަނުންގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާ އަންހެނަކަށް ހަމާލާދިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މަރާމާރީގެ މައުލޫމާތު އޮގަސްޓް 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ރެސްޓޯރަންޓުގައި އިން…

ރަޝިއާ އާއި ޔޫކްރެއިނުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި

ރަޝިޔާއާއި ޔޫކްރެއިނުން އެއް ގައުމު އަނެއް ގައުމުގެ އިގުތިސާދީ އަދި އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާތަކުގައި މަދުވެގެން 17 މީހުން ވަނީ މަރުވެފައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި، ރަޝިޔާގެ އިގުތިސާދީ އަމާޒުތަކަށް ޔޫކްރެއިނުން ހަމަލާދިނުމަކީ "ޕެންޑޯރާސް ބޮކްސް" ހުޅުވުން ފަދަ ކަމެކެވެ. އަދި…

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަޒީޒު އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ހުށަހަޅުއްވައިފިއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަހްމަދުު އާހިދު ރަޝީދުގެ މަގާމުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާއިރު އޭނާ އެ މަގާމަށް އައްޔަންކުރީ ސެޕްޓެމްބަރު 6، 2021ގަ…

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާ ގައުމުތަކަށް އީރާނުން އިންޒާރުދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ "އިގުތިސާދީ ހަނގުރާމަ" ގައި ބައިވެރިވާ ކޮންމެ ގައުމަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ބައިވެރިވާ ކޮންމެ ގައުމަކީ…

7 އަހަރުގެ ދަރިފުޅު މައުންޓް ފުޖީގައި އެކަނި ދޫކޮށްލުމަށްފަހު ބައްޕަ ފަރުބަދައަށް އަރައިފި

ޖަޕާންގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ފުޖީއަށް އަރަމުންދިޔަ ބައްޕައަކު، އޭނާގެ 7 އަހަރުގެ ދަރިފުޅު ވަރުބަލިވުމުން އެކަނި ފަރުބަދަމަތީގައި ބެހެއްޓުމަށްފަހު ދަތުރު ކުރިއަށް ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. އުމުރުން 48 އަހަރުގެ ބައްޕަ، އޭނާގެ ދޮށީ ދަރިފުޅާއެކު ފަރުބަދައަށް އެރުން ކުރިއަށް ގެންދިޔައީ، 7 އަހަރުގެ ކުއްޖާއަށް ބުއިމަކާއި ލުއިކާނާއެއް ދިނުމަށްފަހު "މިތާ…

އިންތިގާލީ އިންސާފުގެ އޮފީހުން ނިންމި ގޮތް ސިއްރުކުރުމަކީ އިތުރަށް ދެވުނު އަނިޔާއެއް: ސައުދު

ގދ. ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކޮށްލުމުން، އެ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑެތި އަނިޔާތަކަށް އަދިވެސް އިންސާފު ލިބިފައި ނުވާ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ. މޭޔަރު ސައުދު މިހެން ވިދާޅުވީ ދެވަނަ ފަހަރަށް ތިނަދޫ އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޭޔަރު ސައުދު ވިދާޅުވީ 1962 ވަނަ އަހަރު ކުރީގެ ރައީސް…

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްގެން ސަރުކާރުން އުޅެނީ ރާއްޖެ ރޫޅާލަން: ނަޝީދު

ތިނަދޫ ސިޓީއަށް ލިބިފައިވާ ހަގީގީ ތަރައްގީއަކީ އިމާރާތްތަކާއި ކޮންކްރީޓް ނޫން ކަމަށާއި، އެއީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ވިސްނުމަށާއި ސިކުނޑިއަށް އައި ބަދަލު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ތިނަދޫގައި ބޭއްވި "އާބާދީ 60" ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާޒީގައި ލާމަރުކަޒީ ނިޒާމެއް ނެތުމުގެ ސަބަބުން…

އިންޑިއާގައި މުދައްރިސަކު ޖެހުމުގެ ސަބަބުން 6 އަހަރުގެ ކުއްޖަކު މަރުވި މައްސަލަ ހޫނުވެއްޖެ

ހެނދުނު 8 ޖަހާއިރު ހޭލައިގެން، ސްކޫލަށް ދާން ބޭނުންވެގެން އުޅުނީ އުމުރުން އެންމެ 6 އަހަރުގެ ޕްރަނޭ ތޭޖްއެވެ. އޭނާގެ ބައްޕަ އެންޑީޓީވީއަށް ކިޔައިދިން ގޮތުގައި، އެ ދުވަހުގެ ހެނދުނު ޕްރަނޭ ހުރީ ވަރަށް ސިއްހަތު ރަނގަޅަށެވެ. އަދި ސްކޫލަށް ދިއުމަށް އޭނާ ވަރަށް ބޮޑަށް ބޭނުންވިއެވެ. ނަމަވެސް، އެ އުފާވެރި ހެނދުނު ނިމިގެން ދިޔައީ މުޅި އާއިލާއަށާއި މުޅި ގައުމަށް ވެސް ފުން ހިތާމައެއް ގެނުވަމުންނެވެ.…

ޖެން-ޒީގެ ތާއީދު ހޯދުމަށް އިންޑިއާގެ ބީޖޭޕީން އިންސްޓަގްރާމަށް އަމާޒުހިފައިފި

އާންމު ދިރިއުޅުމުގައި އުމުރުން ދުވަސްވީ މީހުން ޒުވާނުންގެ ބަހުރުވައިން ވާހަކަދައްކަން އުޅުމުން ގިނަ ފަހަރަށް އެކަން ވަނީ މަޖާ ކަމަކަށެވެ. ސިޔާސީ މައިދާނުގައި ވެސް މިހާރު ފެންނަމުންދަނީ މިފަދަ މަންޒަރެކެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ޒަމާނުއްސުރެ ވަރަށް ރަސްމީކޮށް، ބާރުގަދަ ލީޑަރެއްގެ ގޮތުގައި ފެނިގެންދިޔަ ބޭފުޅެކެވެ. ނަމަވެސް، ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުފުޅުން 75…

ވެރިކަން ބަދަލުވުމުން މަޝްރޫއުތައް ހުއްޓުމަކަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން: ޔާމީން

ސަރުކާރުތައް ބަދަލުވި ނަމަވެސް، ކުރިން ހިންގާފައިވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ބެލެހެއްޓުމެއް ނެތި ހަލާކުވާން ދޫކޮށްލުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ގދ. ތިނަދޫ އަލުން ވަޒަންވެރިވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ފާހަގަކުރެއްވީ އެމަނިކުފާނުގެ…

ބޯހިޔާވަހިކަމުގެ ފޯމުތައް ވެރިފައިކޮށް ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު ޑިސެމްބަރުގައި ނެރެނީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމައި، ހައްގުވެރިންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރުމުގެ އަމާޒަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހްމަދު ނާޒިމް މުހައްމަދު ހާމަކުރެއްވި…

ޓެލެގްރާމް މެދުވެރިކޮށް 92،000 ރުފިޔާ ސްކޭމް ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޓެލެގްރާމް ގްރޫޕެއް މެދުވެރިކޮށް ލިންކެއް ފޮނުވައި، މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޓީޕީ (OTP) ކޯޑު ހިއްސާކުރުމުން، ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި އެކައުންޓުން 92،000 ރުފިޔާ ކަނޑައިގަނެފައިވާ މައްސަލައެއް މި އޮގަސްޓު މަހުގެ 17…

ހައިވޭގައި ހިނގި ލަމްބޯގިނީ ކާރު އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ސިނަމާލެ ބްރިޖް ހައިވޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ކާރު ދުއްވި މީހާގެ ޑްރައިވިން ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ، ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު…

ބްރިޖުން މާލެ އާއި ވިލިމާލެ ގުޅުވާލައިފި

ގްރޭޓާ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، މާލެ އާއި ވިލިމާލެ އެއްގަމު މަގުން ގުޅާލައިފިއެވެ. އިންފްރާސްޓްރަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް މިއަދު ލޯންޗުކޮށް، ދެ ރަށް ވަނީ ގުޅުވާލެވިފައެވެ. މިއަދު…

ބޯހިޔާވަހިކަން އެންމެންނަށް: ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި، މައްސަލައެއް އުޅޭނަމަ ޖަވާބުދާރީވާން 7 ދުވަސް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ. ހައުސިން މިނިސްޓްރީން ބުނީ، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، އެޕްލިކަންޓުން ހުށަހަޅާފައިވާ މައުލޫމާތުތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއާ ހިއްސާކޮށްފައިވާ…

ކެޔޮދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ރާއްޖޭގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަހްމަދު ފާޒިލް ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ. ވ. ކެޔޮދޫ، ދޭލިޔާގެ، އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލަކީ ކުރިން ގައުމީ ވޮލީބޯޅަ ޓީމަށް ކުޅެފައިވާ އަދި މިހާރުވެސް ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ފުލުހުން ބުނީ، އޭނާ…

ގދ. ތިނަދޫން މީހުން ބޭލުން: 60 އަހަރުވީ ފާރުގަނޑާއި ޖަވާބު ނުލިބޭ ސުވާލުތައް

އެއީ 1962 ވަނަ އަހަރުގެ ކުރީކޮޅުގެ ދުވަހެކެވެ. ދެކުނުގެ އެންމެ ތަނަވަސް އަދި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އެއް ރަށް ކަމަށްވާ ގދ. ތިނަދޫގެ ފަޅުން ބޭރުގައި ސަރުކާރުގެ ހަތިޔާރު އެޅި އުޅަނދެއް ކަމަށްވާ "ސިލްވަރ ކްރެސްޓް" އޮތެވެ. ރަށުގެ ރައްޔިތުން ތިބީ ރަށުގެ ބަނދަރުމަތީގައި ވެލިން ހަދާފައިވާ 400 ފޫޓު ދިގު، ހަތަރު ފޫޓު އުސް ފަސްބަނޑިއެއްގެ ފަހަތުގައެވެ. އޭރު ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގައި…

ޓިކްޓޮކް އަދި އިންސްޓަގްރާމް: ނަފްސާނީ ފަރުވާގެ އާ މަންޒިލް

ފޯނު ނަގައި ޓިކްޓޮކް ނުވަތަ އިންސްޓަގްރާމް ހުޅުވާލުމަށްފަހު، އެންޒައިޓީ، އޭޑީއެޗްޑީ ނުވަތަ ޓްރޯމާއޭ ޖަހައި ސާޗުކޮށްލާށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި، ނަފްސާނީ ބަލިތަކާ ގުޅޭ އުނދަގޫ އިބާރާތްތައް ތިލަކޮށްދީ، ކުށްހީތައް ފިލުވައިދޭ ނަފްސާނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ވީޑިއޯތައް ފެންނަން ފަށާނެއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މިހާރު ނަފްސާނީ ސިއްހަތުގެ މައުލޫމާތު…

އެމެރިކާއާ އެކު ކުރާ ހަނގުރާމަ 'ފުރިހަމަ ބާރާއެކު' ނިންމަންވީ ވަގުތު ޖެހިއްޖެ ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެ

އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމަންވީ ވަގުތު ޖެހިއްޖެ ކަމަށާއި، އީރާން މިހާރު އޮތީ ބާރުގަދަ މަގާމެއްގައި ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު ޑޮކްޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، އީރާން ބާރުގަދަ އަދި އިއްޒަތްތެރި މަގާމެއްގައި އޮތް މި ދަނޑިވަޅުގައި ހަނގުރާމަ ނިންމުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި…

ކުޑަކުދިންގެ ޕްރައިވެސީ މައްސަލައެއްގައި ޓިކްޓޮކުން އެމެރިކާއަށް 400 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

ކުޑަކުދިންގެ ޕްރައިވެސީއާ ގުޅޭ ގާނޫނުތަކާ ހިލާފުވި ކަމަށް ބުނެ އެމެރިކާގެ ސަރުކާރުން އުފުލި ދައުވާއެއް ނިންމުމަށްޓަކައި، 400 މިލިއަން ޑޮލަރު ދައްކަން ޓިކްޓޮކުން އެއްބަސްވެއްޖެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން 2024 ވަނަ އަހަރު އޭރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި އުފުލި މި ދައުވާގައި ބުނެފައިވަނީ، 13 އަހަރުން ދަށުގެ އެތައް މިލިއަން ކުދިންނެއްގެ ގިނަ އަދަދެއްގެ މައުލޫމާތު…

ތިނަދޫ އާބާދުވިތާ 60 އަހަރު: ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުރީގެ ދެ ރައީސުން ބައިވެރިވެވަޑައިގެންފި

ތިނަދޫ ސިޓީ އަލުން އާބާދުވިތާ 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފިއެވެ. މި ދެ ބޭފުޅުން ތިނަދޫ ސިޓީއަށް އިއްޔެ ވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ތިނަދޫ އަލުން…

ދިއްގަރުގައި 360 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ބޭނުންކުރަން ފަށައިފި

މ. ދިއްގަރުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން (ޖެނެރޭޝަން ކެޕޭސިޓީ) އިތުރުކުރުމުގެ ގޮތުން 360 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، ކޮމިޝަންކުރުމަށްފަހު މިހާރު ބޭނުންކުރަން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މި ކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ މި އާ ޖަނަރޭޓަރު ސެޓާއެކު ދިއްގަރުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ…

ބަންގްލަދޭޝްގެ އާ ރައީސް އާލަމްގީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މިރްޒާ ފަހުރުލް އިސްލާމް އާލަމްގީރަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފާއިތުވި 35 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު ފުރަތަމަ ވާދަވެރި ރައީސުލްޖުމްހޫރިއްޔާކަމުގެ އިންތިހާބު ކާމިޔާބު…

ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މީޓްރޮލޮޖިކަލް ސެންޓަރުން މިއަދު މެންދުރު 15:00 އިން 18:00 އަށް ނެރެފައިވާ އެ ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މި ސަމާލު ނެރެފައި ވަނީ ދެކުނުގެ އަތޮޅުތަކަށް ކަމަށްވާއިރު މީގެ ކުރިން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. އެގޮތުން މިއަދު 13:45 އިން 17:00 އަށް ބޯކޮށް ވާރޭވެހި…

މާލޭ ގެއެއްގެ އެޕާޓްމަންޓެއްގައި ހުރި ކަރަންޓު ބޯޑުގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހާލުގައި ޖެހުނު އާއިލާއަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި ކަމަށެވެ. އެގޮތުން އެ ފަންގިފިލާގެ އެޕާޓްމަންޓް ބީ ގެ ކަރަންޓް ޑީ ބޯޑެއްގައި ރޯވި އަލިފާން، ވަނީ އެއްކޮށް ނިއްވާލާފައެވެ.…

ބްރިޖް ހައިވޭގައި ލަމްބަގިނީ ކާރެއް ކޮންޓްރޯލްނުވެ، ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!

ބާރު ސްޕީޑެއްގައި ދުއްވި ލަމްބަގިނީ ކާރެއް ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނުއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު، ސޯލާ ޕެނަލް ތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ ޕެނަލްތައް ވެސް ވަނީ ވެއްޓިފައެވެ. އަދި ކާރުވެސް ފުރޮޅާލާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.…

ގާނޫނާ ހިލާފަށް ޑޮލަރު ވިއްކުމުން އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް ބާތިލްކޮށްފި

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ މަނީ ޗޭންޖިން ބިޒްނަސް ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ. އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ފިޔަވަޅު އަޅާފައިވަނީ ބޭރު ފައިސާ ބަދަލުކުރުމުގެ ވިޔަފާރި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެ ކުންފުނިން ވިޔަފާރި ކުރަމުންދާ ކަމަށް…

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ފޯރަމެއް ރާއްޖޭގައި ބާއްވަނީ

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާ ގުޅޭ ހާއްސަ ފޯރަމެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިކޮނޮމިކް މިނިސްޓްރީން ވަނީ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، އިގްތިސާދީ ގޮތުން ކުރިމަތިވާ…

ރާއްޖޭގައި ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ފެށުމަށް ޑިފެންސް މިނިސްޓަރު އައިލެންޑް އޭވިއޭޝަނާ ބައްދަލުކުރައްވައިފި

އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް (އެއާބޯން) ތަމްރީނުތައް ރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމަށް ޓަކައި، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ އެއާބޯން ތަމްރީންތަކާއި ހާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވައިގެ…

މާފަންނު ގެސްޓް ހައުސެއްގެ ތެރެއިން މަރުވެފައި އޮތް ދެބައި އުމުރުގެ ފިރިހެނަކު ފެނިއްޖެ

މާލޭ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، މާފަންނުގައި ހިންގާ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 އޯގަސްޓް 20 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 17:51 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ،…

ގެއްލިގެން ހޯދަމުންދާ ސާޖަންޓް އަލީ ނާފިއުގެ މައިންބަފައިންނާ ބައްދަލު ކުރަން މިނިސްޓަރާއި ސީޕީ މަނަދުއަށް

މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓަރު، ނާފިއުގެ މައިންބަފައިންނާ ބައްދަލު ކުރައްވާފައިވަނީ އެމީހުން ދިރިއުޅެމުންދާ ނ.…

ޓީޖީއެސްޓީއާއެކު ދައުލަތުގެ އާމްދަނީ 27.1 ބިލިއަން ރުފިޔާއަށް އަރައިފި

މި އަހަރުގެ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.…

އެމްޓީސީސީ ހިޔާ ޓަވަރުތައް އަޅާނެ ބިން ހޯދަން އެޗްޑީސީއާ މަޝްވަރާކޮށްފި

އެމްޓީސީސީ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހިޔާ މަޝްރޫއުގެ ފްލެޓްތައް އަޅާނެ ބިން ހޯދަން ހައުސިންގް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި އެ ކުންފުނީގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ ބައެއް އިސް ވެރިން…

ވޯލްޑް ޓްރެވަލް އެވޯޑްސް 2026ގެ އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

ވޯލްޑް ޓްރެވަލް އެވާޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އިވެންޓާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މާލެ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އާއިޝަތު ޝިރާނީ…

އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭ ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ. މި ކޮންފަރެންސް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 30 އިން 31 ގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ ތައުލީމީ އަދި ދިރާސީ ދާއިރާގެ…

ބޮޑެތި އިނާމުތަކާއެކު އެސްޓީއޯގެ "ސަޅިއޭ މަކީޓާ" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މަކީޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އަހަރަކު އެއްފަހަރު ކުރިއަށްގެންދާ "ސަޅިއޭ މަކީޓާ" ޕްރޮމޯޝަން ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް މަކީޓާ ބްރޭންޑުގެ މަތީ ފެންވަރުގެ އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި އެސްޓީއޯއިން…

ދެކުނުގެ ރަށެއްގައި ކުދިންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރު 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ދެކުނުގެ ރަށެއްގައި ގްރޭޑް 7 ގެ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ލިބުނު އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދަށު ކޯޓުން ކުރިން ހުކުމްވަނީ މި މައްސަލަ ރައްދުވާ ފަރާތުގެ ލޮލުގެ ފެނުމާއި އިވުމުގެ މައްސަލައެއް ހުރުމުގެ ސަބަބުން، ކުލާސް…

މަސްތުވާތަކެތީގެ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް އޭއައި ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާގެ ނިޒާމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޗައިނާގެ ޔުނާން ޔުނިވާސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ މައިގަނޑު މަގްސަދުތަކާ ބެހޭގޮތުން ދާހިލީ…