ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ލިބިގެންވާ ކަމަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (2019/19) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
ކުޑަކުއްޖަކަށް ވެކްސިން ދީފައިވީ ނަމަވެސް ނުވަތަ ވެކްސިން ދީފައި ނުވި ނަމަވެސް، އެކަމަށް ބަލާ ތަފާތުކުރުމުގެ އިޚްތިޔާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.
އަދި ކޮންމެ ކުއްޖަކަށް ވެސް އުނގެނެވޭނެ ގޮތް ހަމަޖައްސައިދިނުމާއި ތަޢުލީމު ޙާޞިލުކުރުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، “ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ޙައްޤަކީ”، ކުޑަކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމުގައި ދައުލަތުގެ އިދާރާތަކުންނާއި، ޝަރުޢީ ކޯޓުތަކުންނާއި، އަމިއްލަ ފަރާތްތަކުން ވެސް އެންމެ އިސްކަމެއް ދޭންވާނެ ކަމެއް ކަމުގައި ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އަދި، ވެކްސިން ނުދީ ހުންނަ ކުއްޖަކު ސްކޫލަށް ވެއްދުމަށް ހުރަސްއަޅާ އެއްވެސް ޤާނޫނެއް ނެތެވެ.
ވީމާ، ސްކޫލަށް ވެއްދުމުގައި ވެކްސިން ދީފައިނުވާ ކުދިންނަށް އެއްވެސް ހުރަހެއް ކުރިމަތި ކުރުމަކީ ޤާނޫނީ ކުށެކެވެ.
ސްކޫލަށް ވެއްދުމުގައި ވެކްސިން ދީފައިވާ ކުއްޖަކާ އަދި ވެކްސިން ދީފައިނުވާ ކުއްޖަކާ ތަފާތުކުރުމުގެ ބާރު ލިބިގެން ނުވާއިރު، ކުދިންގެ ޒާތީ ބޭސްފަރުވާގެ މަޢުލޫމާތު ހޯދަމުން ގެންދާ ގެންދިއުމާ މެދު ސުވާލު އުފެދެއެވެ. މީގެ އިތުރުން، ގައިން ގަޔަށް އަރާ ބައްޔެއް (މިސާލަކަށް ޓީ.ބީ ނުވަތަ ހެޕަޓައިޓިސް ބަލި) ޖެހިފައިވާ ކުދިންނަކީ ކޮބައިތޯ ބަލާ އެކުދިންނާ މެދު ވަކި ގޮތަކަށް އަމަލުކުރަމުން ވެސް ނުގެންދެއެވެ. މިކަމުން އެނގިގެންދަނީ ކުދިންގެ ވެކްސިން މަޢުލޫމާތު ހޯދަނީ ކޮންމެހެން ޞިއްޙީ ރައްކާތެރި ކަމަކާ ގުޅޭ ގޮތުން ނޫން ކަމެވެ. ނަމަވެސް، ވެކްސިން ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި ކަމެވެ.
No posts

Comments
Nothing yet. Say the first thing.
Sign in to join the conversation.